ތ. މަޑިފުށީގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވިފައިވާ މީހަކު ދަންޖެހިގެން މަރުވެއްޖެއެވެ.
ފުލުހުން ރޭ ބުނީ ތ. މަޑިފުށީގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެބުރުވަރީ 23 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހާރު ނިޔާވެފައިވާ ކަމަށާއި، އެއީ 63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މަރުވުމާ ގުޅިގެން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެކަމާ އިހުތިޖާޖުކޮށްފައެވެ. މިގޮތުން މި މައްސަލައިގައި ރޭޕްގެ ތުހުމަތު ކުރި އަންހެން މީހާގެ ގޭ ކައިރިއަށް އެއްވެ، އޭނާ ހައްޔަރުކުރަން ވެސް އެ ރަށު ރައްޔިތުން ވަނީ ގޮވާލައިފައެވެ.
އެ ރަށު ރައްޔިތުން ބުނާ ގޮތުގައި މީގެ ކުރިންވެސް މި މައްސަލައިގައި ހިމެނޭ އަންހެން މީހާ ވަނީ އެހެން ބައެއް މީހުންގެ މައްޗަށްވެސް ރޭޕްގެ ތުހުމަތުކޮށްފައި ކަމަށެވެ.
މި ލިޔުން ކިޔާލުމުން