އެމްޑީޕީގެ ހެޔޮވެރިކަމުގެ ފޮތް ހުޅުވީމަ ފެންނަން އޮތީ ދަރަނި އަދި ފައިސާ ޗާޕް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ކުރީގެ ފިނޭންސް މިނިސްޓަރު އަމީރަށް ރައްދު ދެއްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު މިހެން ވިދާޅުވީ ރާއްޖެއަށް ކުރިއެރުމެއް އޮތީ ހެޔޮވެރިކަމެއް ކޮށްގެން ކަމަށާއި ސަރުކާރުގެ މިހާރުގެ އަމާޒު ހުރި ގޮތުން ރާއްޖެއަށް އިންވެސްޓްކުރަން ތިބި އިންވެސްޓަރުންގެ އިތުބާރު ގެއްލި، އިންވެސްޓްކުރަން ޖެހިލުންވާނެ ކަމަށް ވިދާޅުވެ އަމީރު ކުރެއްވި ފޯސްޓަކަށް ރައްދުދެއްވަމުންނެވެ.
އަމީރުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އެ ޕޯސްޓުގައި ޝުޖާއު ވިދާޅުވީ ހެޔޮވެރިކަން ކުރާނެ ގޮތް ކިޔައިދޭނެ ކަމެއް ނެތް ކަމަށާއި ގައުމު ނޭވާ ނުލެވިގެން އުޅެނީ އެމްޑީޕީން ހެޔޮވެރިކަން ކުރިގޮތް މޮޅުކަމުން ކަމަށެވެ.
"ލޯނަކަށްފަހު ލޯނެއް ދައްކަންޖެހިފައި މިއޮތީ ހެޔޮވެރިކަމުގެ ސަބަބުން ނޫންތޯ؟ ތިބޭފުޅުންގެ ހެޔޮވެރިކަމުގެ ފޮތް ހުޅުވީމަ ފެންނަން އޮތީ ދަރަނި، ފައިސާ ޗާޕް. އެގޮތް އަޅުގަނޑުމެންގެ ފޮތުގައި ކުރާކަށް ނެތް،" ޝުޖާއު ވިދާޅުވި އެވެ.
ހެޔޮވެރިކަން ކުރާނެ ގޮތް އަހަރެމެންނަށް ކިޔާދޭނެ ކަމެއްނެތް.ހެޔޮވެރިކަން ކުރިލެއް މޮޅުކަމުން ނޫންތޯ މިއުޅެނީ ޤައުމު ނޭވާނުލެވިގެން.ލޯނަކަށްފަހު ލޯނެއް ދައްކަންޖެހިފަ މިއޮތީ ހެޔޮވެރިކަމުގެ ސަބަބުންނޫންތޯ؟ތިބޭފުޅުންގެ ހެޔޮވެރިކަމުގެ ފޮތް ހުޅުވީމަ ފެންނަން އޮތީ ދަރަނި،ފައިސާ ޗާޕް https://t.co/sxqSlaalld
— Ibrahim Shujau (@IbrahimShujaau) February 26, 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފައިވަނިކޮށް ކުއްލި ގޮތަކަށް ޖޭއެސްސީން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ.
މިއީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ނިންމި ނިންމުމެއް ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން