ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ސްޓެލްކޯއިން ކޮންމެ ގޭބިސީއަކަށް މަދުވެގެން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް ރަމަޟާން މަހަށް އެކުންފުނިން ވަމުންދާ ތައްޔާރީތަކާއި ބިލްތަކަށް ޑިސްކައުންޓް ދިނުމުގައި އަމަލުކުރާނެ ގޮތް ހިއްސާކޮށްފައެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ބިލް ތައްޔާރުކުރުމަށް މާލެ ސަރަހައްދުގައި 350 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށާއި، އެއް ދުވަހުގެ ތެރޭގައި މާލޭގެ ހުރިހާ ސަރަހައްދެއްގެ ރީޑިން ނަގައި ނިންމާލާނެ ކަމަށް ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވެފައިވެއެވެ.
އަދި މި ހަރަކާތް ރާއްޖެތެރޭގެ ރަށްތަކުގައިވެސް ކުރިއަށް ގެންދާނެއެވެ.
ސްޓެލްކޯ އިން ބުނީ ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ އެންމެ ހޫނުގަދަ ތިން މަސް ފިޔަވައި، ދެން ހުރި މަސްތަކުގެ ބިލަށް އެވަރެޖްކޮށް އެރި ވަރަށް ވުރެ، މި އަހަރުގެ ރަމަޟާން މަހުގެ ބިލު ބޮޑު ނުވާނެހެން ކަމަށެވެ.
މީގެ އިތުރުން، މިދިޔަ އަހަރު ދިމާވި ދެ މަހުގެ ބިލުގައި ޑިސްކައުންޓް ހިމެނުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މިއަހަރު ތައްޔާރުކުރާނީ އެއް ބިލެވެ. އަދި މި ބިލު ރައްޔިތުންނަށް ފޯރުކޮށްދެވޭނީ ޢީދު ބަންދަށްފަހު، އޭޕްރީލް 3 ހިސާބުގައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ޔުޓިލިޓީ ބިލުތަކުން މި ރޯދަ މަހު ވެސް ޑިސްކައުންޓް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މި ހަފުތާގައި ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި ލިޔުން ކިޔާލުމުން