ދ. މީދޫގައިކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމްކުރުމަށް ވެމްކޯއާ ހަވާލުކޮށްފިއެވެ.
މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް އެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ ކުނި މެނޭޖުކުރުން ވަށާޖެހޭ އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށްގެންދަން ހަދަންޖެހޭ ޕްލޭންތަކާއި އިންތިޒާމުތައް ނިންމާފައެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުނީގެ ޚިދުމަތް ދިނުމަށް ވެމްކޯއާ އަންނަނީ ހަވާލުކުރަމުންނެވެ.
ވެމްކޯއިން މިހާރު އަންނަނީ ސިޓީތަކާއި ލ. ފޮނަދޫއާއި ކ. މާފުށީ އަދި ހިންމަފުށީގައިވެސް މި ޚިދުމަތް ފަށާފައެވެ. އަދި ދާދިފަހުން ވަނީ ހއ. ދިއްދޫ އަދި ކ.ގުޅީ ގައިވެސް ވެމްކޯގެ ޚިދުމަތް ވަނީ ފަށާފައެވެ.
މި ލިޔުން ކިޔާލުމުން