އައްޑޫގައި ޑެންގީ ހުން ފެތުރުން އިތުރުވަމުން ދިއުމާއި ގުޅިގެން، މިކަމަށް ރައްޔިތުން ސަމާލުވާން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އަންގާއިފިއެވެ.
ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހުން ފެތުރުން އިތުރު ވެ މި މަހުގެ މިހާތަނަށް އެކަނިވެސް ޑެންގީގެ 4 ހަތަރު ކޭސް ރިޕޯޓްކޮށްފައިވެއެވެ.
ހޮސްޕިޓަލުން ހާމަކުރި ގޮތުގައި ވޭތުވެދިޔަ މަހު 3 ކޭސް އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެއް ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މަދިރީގެ ސަބަބުން ޖެހޭ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ލޮލުގައި ރިއްސުމާއި، ހަށިގަނޑުގައި ރަތް ކުޑަކުދި ބިހި އުފެދުމާއި، ބޮލާއި އަނގައިގައި ރިއްސުން ހިމެނެއެވެ.
މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ޢަމަލުކުރަންވީ ގޮތުގެ އިރުޝާދުތަކެއް ވެސް ހޮސްޕިޓަލުން ވަނީ ދީފައެވެ. މީގެ ތެރޭގައި ހުން ދަށްކުރުމަށް ހަމައެކަނި ޕެނެޑޯލް ނުވަތަ ޕެރެސެޓެމޯލް ބޭނުންކުރުމަށާއި، ގިނައިން ފެންފަދަ ދިޔާތަކެތި ބޭނުންކުރުމަށް އިރުޝާދު ދީފައިވެއެވެ.
އަދި ތިން ދުވަހަށްވުރެ އިތުރަށް ހުން ދެމިގެންދާނަމަ، ޞިއްޙީ ފަރުވާ ހޯދުމަށް ލަފާދީފައިވެއެވެ.
މި ލިޔުން ކިޔާލުމުން