އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަކީ އިންސާފުވެރި، ހަމަހަމަ މުޖުތަމަޢަކަށް ވާސިލްވުމަށް އޮތް މަގު ކަމުގައި ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ އ.ދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 58 ވަނަ ސެޝަންގައި ދިވެހި ވަފުދުގެ ލީޑަރުގެ ހައިސިއްޔަތުން ދިވެހިރާއްޖެ ތަމްސީލްކުރެއްވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ.
Honoured to lead and represent the #Maldives at @UN_HRC #HRC58.
The Maldives is committed to the promotion and protection of human rights. It is the pathway towards a just an equitable society for all. #MDVatHRC58 pic.twitter.com/IyAvheHUbf
— Abdulla Khaleel (@abkhaleel) އަދި ރާއްޖެއަކީ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، އެއީ އެންމެންނަށޤ ހަމަހަމަ އަދި އިންސާފުވެރި މުޖުތަމަޢުއަކަށް އޮތް މަގު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އ.ދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 58 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ޑރ. ޚަލީލް ސްވިޓްޒަލަންޑްގެ ޖެނީވާއަށް ވަޑައިގެންނެވީ އިއްޔެއެވެ. މި ސެގްމަންޓް ފެބުރުވަރީ 26 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ހިއުމަން ރައިޓްސް ކައުންސިލްގެ 58 ވަނަ ސެޝަން ކުރިއަށްދާނީ އޭޕްރީލް 4 ވަނަ ދުވަހު ނިޔަލަށެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ވަޒީރު އިއްޔެ ވިދާޅުވީ މަތީ ފެންވަރުގެ އާންމު ބަހުސްގައި ވާހަކަދައްކަވައި، މަތީ ފެންވަރުގެ ބައެއް މަޝްވަރާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނަވާނެ ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ މި ސެޝަންގައި ބައިވެރިވެ، ސެޝަންގެ އެހެނިހެން ބައިވެރިންނާ ބައްދަލުކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން