ޖަމުޢިއްޔާތަކާ ގުޅިގެން ދީނީ ދަރުސްދިނުމުގެ ފުރުޞަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ 1446 ވަނަ އަހަރު ރަމަޟާން މަހަށް މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ދީނީ ދަރުސްތައް ކުރިޔަށް ގެންދިއުމަށްޓަކައި، އެކަމަށް ޝައުޤުވެރިވެވާ ޖަމްޢިއްޔާތަކާއެކު މަސައްކަތް ކުރުމަށް އެކައުންސިލުން ބޭނުންވާ ކަމަށެވެ.
މި ޕްރޮގުރާމްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ތަނާއި، އަޑުގަދަކުރާ ނިޒާމް ފަދަ އަސާސީ ވަސީލަތްތައް އެ ކައުންސިލުން ހަމަޖައްސައިދޭނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، މުޖުތަޢުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން އެކަން އީމެއިލަކުން އަންގައި ދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތައް މަރާމާތު ކުރުމުގެ މަސައްކަތް ރަމަޟާން މަހަށް ނިންމުމުގެ މަސައްކަތްތައް ވެސް ކައުންސިލުން ދަނީ ބާރު ދުވެލީގައި ކުރަމުންނެވެ. އެގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި މިސްކިތްތަކުގެ ސައުންޑް ސިސްޓަމްތައް ރަނގަޅު ކުރުމާއި ބައެއް މިސްކިތްތަކުގައި ކުލަލުމާއި އޭސީ ހަރު ކުމުމުގެ މަސައްކަތް ތައް ކުރުން ވެސް ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން