މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ފަށާ ގޮތައް އެކެޑެމިކް ކަލަންޑަރު އާންމު ކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން އާންމުކުރި އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުގައި އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އާ އަހަރުގެ ކިޔެވުން ފެށޭއިރު، ޓީޗަރުން އެ މަހުގެ ފަސްވަނަ ދުވަހު ސްކޫލަށް ނުކުންނަން ޖެހެ އެވެ. ސްކޫލް ކިޔެވުން މި ފެށެނީ ޝައްވާލު މަހުގެ ހަ ރޯދަވެސް ނިމުމުންނެވެ.
އެކެޑެމިކް ކަލަންޑަރުގައި ވާގޮތުން ޖުލައި ފުރަތަމަ ޓާރމް ޗުއްޓީ ލިބެނީ ޖުލައިމަހުގެ 28 ގައެވެ. ދެވަނަ ޓާރމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 10 ވަނަ ދުވަހުއެވެ.
ކަލަންޑަރުގައިވާ ގޮތުން، ދެވަނަ ޓާމު ނިމެނީ މިއަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށެނީ ޑިސެމްބަރު 28 އިން 2026 ވަނަ އަހަރުގެ ޖެނުވަރީ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެހެންކަމުން، 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭނީ ޖެނުވަރީ 27 ވަނަ ދުވަހު އެވެ.
މި ލިޔުން ކިޔާލުމުން