މިއަހަރުގެ ރަމަޟާންމަހު އައިޑީކާޑު ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަށް އިއުލާންކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ނެރުނު އިއުލާނުގައި ހާމަކޮށްފައިވާގޮތުގައި ރަމަޟާންމަހުގެ ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:15 އިން 11:30 އަށް 150 ނަންބަރު ދޫކުރެވޭނެއެވެ.
އަދި ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާތީ، މި ދުވަސްތަކުގެ ތެރެއިން 23، 25 އަދި 27 ވަނަ ދުވަހު ހެނދުނު 9:15 އިން 11:30 އަށް 150 ނަންބަރު ދޫކުރެވޭނެ ކަމަށް ޑީއެންއާރުން އެ އިއުލާނުގައި ބުނެފައިވެއެވެ.
ޑީއެންއާރުން ބުނީ އައިޑީކާޑު ހަވާލުކުރުމުގައި ކާޑުގެ ވެރިފަރާތުން އެހެން ފަރާތަކާ ހަވާލުކޮށްދިނުމަށް އެދި ސިޓީއަކާއެކު ފޮނުވުމުން ހަވާލުކުރެވޭނެ ކަމަށެވެ.
އަދި އިމަރޖެންސީ ހާލަތްތަކުގައި 7280368 ނަންބަރަށް ގުޅައިގެން އައިޑީކާޑުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް އެ ޑިޕާޓްމަންޓުން އިއުލާނުގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން