ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. ކުޑަހުވަދޫގައި ސެލްފް-ސަރވިސް އޭޓީއެމްއެއް މިއަދު ހުޅުވައިފިއެވެ.
އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި، ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބީއެމްއެލް އިން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ މީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި އިތުރު ފިޔަވަޅެކެވެ.
We’re continuing to expand banking services to our communities and today, we are opening a new Self-Service Banking ATM at Dh. Kudahuvadhoo.
In addition, we held a groundbreaking ceremony for a new branch on the island, bringing convenient banking services closer to our… pic.twitter.com/0VECwsYjre
— Bank of Maldives (@bankofmaldives) February 23, 2025
މީގެ އިތުރުން، ކުޑަހުވަދޫގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، އެރަށުގައި އަލަށް ޤާއިމްކުރާ ބީއެމްއެލް ބްރާންޗްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުވެސް ބޭއްވިފައިވާކަމަށް ބޭންކުން ބުނެފައިވެއެވެ.
މި އައު އޭޓީއެމް މެދުވެރިކޮށް ކުޑަހުވަދޫގެ ރައްޔިތުންނަށް 24 ގަޑިއިރު ބޭންކިންގ ޚިދުމަތްތައް ލިބޭނެއެވެ. މީގެ ތެރޭގައި ފައިސާ ނެގުމާއި، އެކައުންޓް ބެލެންސް ބެލުން އަދި އެހެނިހެން އަސާސީ ބޭންކިންގ ޚިދުމަތްތައް ހިމެނެއެވެ.
ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، މި ޚިދުމަތްތައް ތަޢާރަފުކުރުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގަތުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
އަދި މިއީ އެ ބޭންކުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ޒަމާނީ ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއްކަމުގައިވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން