ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެޗްޑީސީން އެއް މިލިއަން ގަސް އިންދުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ކުޑަގިރީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލެވެ.
މި މަޝްރޫޢުގެ ދަށުން އިންދަން ބޭނުންވާ ގަސްތައް ހެއްދުމަށްޓަކައި، އެޗްޑީސީން ވަނީ ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ބޮޑު ނާސަރީއެއް ޤާއިމުކުރުމަށް ނިންމާފައެވެ. މި ނާސަރީން އުފައްދާ ގަސްތައް ހުޅުމާލެ، ރަސްމާލެ، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅު ފަދަ އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުތަކުގައި އިންދުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އިޢުލާންކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ޔޫއޭއީގައި ބޭއްވުނު "ކޮޕް28" ގައެވެ.
މި މަޝްރޫޢަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އެއް ވަޢުދެވެ. އަދި މި މަޝްރޫޢު މާލޭގެ އިތުރުން، މުޅި ރާއްޖޭގައި ހިންގުމަށް ވަނީ ރޭވިފައެވެ.
މި ލިޔުން ކިޔާލުމުން