ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް ގއ. ވިލިނގިލި، ވައިޖެހޭގެ، ޔަޒްމީދު މުޙައްމަދު މިއަދު ޢައްޔަނުކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަޞާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޔަޒްމީދު މުޙައްމަދު އެ މަޤާމަށް ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ރަސްމިއްޔާތުގައެވެ.
ޔަޒްމީދު މުޙައްމަދު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 165 ވަނަ މާއްދާ އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ މެމްބަރުކަމުން، ރ. އިނގުރައިދޫ، ހިތްވަރު، އަލްއުސްތާޛް މުޙައްމަދު ސަމީރު ވަނީ ވަކިކުރައްވާފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް މިއަދު ޢައްޔަނުކުރެއްވި ޔަޒްމީދު މުޙައްމަދަކީ އެކައުންޓިން ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
މި ލިޔުން ކިޔާލުމުން