މަސްތުވާތަކެއްޗާއެކު ނ. ވެލިދޫން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކައުންޓަރ ނާކޮޓިސް އިންޓެލިޖެންސާއި ނ. ވެލިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ފެބުރުވަރީ 20 ވަނަ ދުވަހު ވެލިދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ / ހުދުއަސުރުމާގެ، ޢަބްދުއްލަޠީފް މޫސާ (47އ) އާއި، ނ. ވެލިދޫ / ނެދުންގެ، މުޙައްމަދު މާޢިދު (28އ) ކަމަށެވެ.
މީގެ އިތުރުން މި އޮޕަރޭޝަނުގައި މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 440.7 ގުރާމު ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރިކުރުމުން ޢަބްދުއްލަޠީފް މޫސާ 32 ދުވަހަށް، އަދި މުޙައްމަދު މާޢިދު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ވެލިދޫ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން