އަމީނީމަގުގައި އެކްސިޑެންޓެއް ހިނގައި ހަ އުޅަނދަށް ގެއްލުންވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 07:50 ހާއިރު އަމީނީމަގު، ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓުވި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓުގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ހަ ސައިކަލާއި ކާރަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން