ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކައި ދާން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ބުރުޒުމަގުގައި ހުންނަ ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު، ފައިސާ ނުދައްކައި ދާން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިގޮތުން މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އދ. މާމިގިލި، ހަނދުވަރުދޭގެ، ޔާޝިން ރަޝީދު (23އ.) އެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ދަނީ މިހާރު މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން