ހުޅުމާލޭގައި ހުރި ރައުންޑްއެބައުޓެއްގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގެ ވީޑިއޯއަކާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ ގްރޫޕްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން ބުނީ މިއަދު 19:10 ހާއިރު ހުޅުމާލޭ ރީތިގަސް މަގު ސައިމާ ހިނގުން ރައުންޑްއެބައުޓް ތެރޭގައި އެކްސިޑެންޓުވި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެކްސިޑެންޓުވީ އެމްބިއުލާންސަކާއި ސައިކަލެކެވެ.
މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މި މައްސަލަ މިހާރު ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން