ބިދޭސީން ދިރިއުޅެމުންދާ ތަންތަނާއި ކެފޭއެއް ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު އަތުލައިގެންފިއެވެެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހު، ބިދޭސީން ދިރިއުޅެމުންދާ އެކަމަޑޭޝަން ބްލޮކެއްގެ އިތުރުން ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ހުއްޓުމެއްނެތި ކުރިއަށް ގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން، 2025 ފެބުރުވަރީ 20 ވަނަ ދުވަހު ވަނީ ބިދޭސީން ދިރިއުޅެމުންދާ އެކަމަޑޭޝަން ބްލޮކެއްގެ އިތުރުން ކެފޭއެއް ބަލައި ފާސްކޮށްފައި. އަދި އެ ތަންތަނުގައި ޞައްޙަ… pic.twitter.com/U5jSk8f4E5
— Maldives Immigration (@ImmigrationMV) February 22, 2025
އަދި އެ ތަންތަނުގައި ޞައްޙަ ވިސާއެއް ނެތި މަސައްކަތްކުރަމުންދިޔަ 3 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް އެ މުއައްސަސާއިން ބުންޏެވެ.
އިމިގްރޭޝަނުން ވަނީ މިދިޔަ އަންގާރަ ދުވަހުވެސް މާލޭގައި ހިންގަމުންދާ 5 ކުދި މާރުކޭޓެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 2 ބިދޭސީއެއް ހައްޔަރުކޮށްފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުފުޅާ އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ދާޚިލީ ވަޒީރު، ޢަލީ އިޙްސާން ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން