އިސްރާއީލުން 16 މަސް ދުވަސް ވަންދެން ދިން ހަމަލާތަކުގައި ވީރާނާވެފައިވާ ޣައްޒާ ސްޓްރިޕްގައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެން މަޑުމަޑުން ދިރުން އަންނަން ފަށައިފިއެވެ.
ފަލަސްތީނުގެ އިންފޮމޭޝަން ސެންޓަރުން ސޯޝަލް މީޑިއާގައި ޙިއްސާކޮށްފައިވާ މަންޒަރުތަކުން ދައްކައިދޭ ގޮތުގައި، ހަނގުރާމައިގެ ކުރިން އާންމު ދިރިއުޅުމުގެ ތެރޭގައި ފެންނަމުންދިޔަ މަންޒަރުތައް އަލުން ފެންނަން ފަށައިފިއެވެ.
މީގެ ތެރޭގައި މާރުކޭޓްތަކުގައި މީހުން ހިނގާބިނގާވެ އުޅޭ މަންޒަރުތަކާއި، ރޭގަނޑުގެ ވަގުތުތަކުގައި މަގުމަތީގައި މީހުން އުޅޭ މަންޒަރުތައް ހިމެނެއެވެ.
⬅️ شاهد..
جانب من أجواء بدء عودة الحياة إلى غزة الحبيبة pic.twitter.com/tsyk9Q3fWZ— المركز الفلسطيني للإعلام (@PalinfoAr) February 22, 2025
ހަނގުރާމައިގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ އެތައް ހަރަކާތްތަކެއް އަލުން ފެށިގެން ދާކަން ފާހަގަކުރެވެއެވެ. "ޒުވާނުން ޕިކްނިކް ދަތުރުތައް ކުރަން ފަށައިފި، އަދި މަސްވެރިންނަށް އިސްރާއީލްގެ ހަމަލާތަކުގެ ބިރުން މިނިވަންވެ، މަސްވެރިކަމަށް ނުކުމެވޭ ހާލަތަށް އައިސްފި،" ފަލަސްތީނުގެ އިންފޮމޭޝަން ސެންޓަރުން ބުނެފައިވެއެވެ.
ނަމަވެސް، ޣައްޒާ ސްޓްރިޕްގެ ގިނަ ސަރަހައްދުތަކެއް އަދިވެސް ވަނީ ހަލާކުވެފައެވެ. އަދި މި ސަރަހައްދުތައް އަލުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ބެލެވެއެވެ.
އެހެންނަމަވެސް، މިހާރު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ލުޔެއް ލިބި، އަމާންކަމާއެކު ދިރިއުޅެވޭނެ މަގެއް ކަމުގައި ޣައްޒާގެ ރައްޔިތުން އުންމީދު ކުރެއެވެ.
މި ލިޔުން ކިޔާލުމުން