ހުޅުމާލެ ފޭސް 1 ގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު އެކްސްގައި ކުރި ޕޯސްޓުގައި ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ 12:30 ހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ރޯވީ "ފްރިޒް" ގުދަނުގެ ހަތަރު ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ވަނީ ނިއްވާލާފައި ކަމަށެވެ.
ހުޅުމާލެ، ފޭސް 1ގައި ހުންނަ "ފްރިޒް" ގުދަނުގެ 4 ވަނަ ފަންގިފިލާގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިhttps://t.co/K4mdAO2teX pic.twitter.com/dvJObZutJQ
— Maldives National Defence Force (@MNDF_Official) February 22, 2025
އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން