ކަރަންޓު ބިލަށް މަސްދަޅު ކޭހުގެ އަގު މި ސަރުކާރުން ނުލާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު، އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ކަރަންޓު ބިލަށް މަސްދަޅުގެ އަގު އެއްކުރުން ނޫން ގޮތެއް ހޯދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ އެމްޑިޕީގެ ޗެއަރޕަރސަން، އަލްއުސްތާޛް ފައްޔާޟް އިސްމާޢީލް ކުރެއްވި ޕޯސްޓަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޟްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ މިވަގުތު ކިޔޫގައި ޖެހިގެން ނަމަވެސް ރޯދައަށް މަސްދަޅު ކޭހެއް ހިލޭ ލިބޭނެ ގޮތްވުން އެއީ ބިކަވެ ގޮތް ހުސްވެފައި ތިބި ދިވެހި ރައްޔިތުންނަށް ލިބުނު ނިޢުމަތެއް ކަމަށާއި، މިހާ ހާލުގައި ޖެހިފައިވާ ވަގުތެއްގައި މިފަދަ އެހީތެރިކަމެއް ވެސް ވެދެއްވުމުގެ ވިސްނުން ސަރުކާރަށް ވިސްނުނީތީ އަދި އެވަރު ކޮށްލުމުގެ ޤާބިލުކަން ހުރިކަމީ ހިތްތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެ ކަމެއް ކަމަށެވެ.
"ކަރަންޓު ބިލަށް މަސްދަޅުގެ އަގު އެއްކުރުމުގެ ބަދަލުގަ އެހެން ގޮތެއް ރައީސް ހޯއްދަވާނެކަމަަށް އުންމީދުކުރަން. ސަރުކާރަށް ވަރަށް ޝުކުރު"، ފައްޔާޟްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މިކަމަށް ރައްދު ދެއްވައި ކުރެއްވި ޕޯސްޓުގައި ޝުޖާޢު ވިދާޅުވީ ކަރަންޓު ބިލަށް މަސްދަޅު ކޭހުގެ އަގު މި ސަރުކާރުން ނުލާނެ ކަމަށެވެ.
ކަރަންޓް ބިލަށް މަސްދަޅު ކޭހުގެ އަގު މިސަރުކާރުން ނުލާނެ.ރައްޔިތުންގެ ޖީބަށް ލުއި ލިބޭކަމެއް މިސަރުކާރުން ކުރާ ކޮންމެ ފަހަރަކު ވެރިކަން ކުރުމަށް ނިޔަތްގަނެގެން އުޅޭ އަޅުގަނޑުމެންގެ ފިކުރާ އިދިކޮޅު ވެރިންގެ ލޮލަށް ނިދިނައިސްގެން މިއުޅެނީ ކީއްވެބާއޭ އަޅުގަނޑު ހިތަށް އަރާ! https://t.co/2h2HR5FrSX
— Ibrahim Shujau (@IbrahimShujaau) February 21, 2025
"ރައްޔިތުންގެ ޖީބަށް ލުއި ލިބޭ ކަމެއް މި ސަރުކާރުން ކުރާ ކޮންމެ ފަހަރަކު ވެރިކަން ކުރުމަށް ނިޔަތްގަނެގެން އުޅޭ އަޅުގަނޑުމެންގެ ފިކުރާ އިދިކޮޅު ވެރިންގެ ލޮލަށް ނިދިނައިސްގެން މިއުޅެނީ ކީއްވެބާއޭ އަޅުގަނޑު ހިތަށް އަރާ!"، ޝުޖާޢު ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މި އަހަރުގެ ރަމަޟާން މަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްކޭހެއް ބެހުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
ރޯދައަށް ގޭބިސީތަކަށް ބަހާ މަސްދަޅު ކޭސް މާލޭގައި ބަހަން ފެށުމުން ބޮޑު ކިޔޫ ހަދައި އެތައް އިރެއް ވުމުގެ ސަބަބުން އިތު ތަންތަނުން މަސްދަޅު ބެހުމުގެ އިންތިޒާމް މާދަމާގެ ކުރިން ހަމަޖައްސާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވަނީ ވިދާޅުވެފައެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ކަރަންޓު ބިލު އިންތިހާއަށް ބޮޑުވާކަމުގެ ޝަކުވާތައް ފެންމަތިވެއެވެ. މި އަހަރުވެސް ފިޠުރު ޢީދަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބޮކި ހަރުކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެންވެސް ބައެއް ފަރާތްތަކުން ވަނީ އެކަމާމެދު ފާޑުކިޔައިފައެވެ.
މި ލިޔުން ކިޔާލުމުން
2 ކޮމެންޓު
ކުރީ ފަހަރު ކަނޑު ބަހާފައި ކަރަންޓްބިލް ބޮނޑުވި މިއީހަމަ ކަންހިގިގޮތް
މި ލިޔުން ކިޔާލުމުން
މިމަހުބިލުވެސް އައި ބޮޑުވެގެން އަންނަމަހު ވެސް ބޮޑުވަނެ
މި ލިޔުން ކިޔާލުމުން