ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ވަޒީރު ޑރ. ޚަލީލް ލަންކާއަށް ކުރެއްވި ދަތުރުފުޅަކީ އެ ޤައުމުގެ ޚާރިޖީ ވަޒީރު، އެމްއެޗް ވިޖިތާ ހެރަތުގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ވަޒީރު ޑރ. ޚަލީލް، ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ އާއި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާ ގެ އަރިހަށްވެސް އިހުތިރާމުގެ ޒިޔާރަތް ކުރައްވާފައިވެއެވެ. އަދި ޚާރިޖީ ވަޒީރު ހެރަތާއެކު ރަސްމީ މަޝްވަރާތައް ވެސް ބާއްވާފައިވެއެވެ.
މީގެ އިތުރުން ދަތުރުފުޅުގެ ތެރޭގައި ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާއި، އެ ޤައުމުގެ އަމިއްލަ ވިޔަފާރިތަކުގެ ފަރާތްތަކާވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވައިފައެވެ.
Concluded my official visit to #SriLanka.
Honoured to have the opportunity to call on the President Hon. @anuradisanayake and Prime Minister Hon. @Dr_HariniA. Pleased to have had constructive discussions with Foreign Minister @HMVijithaHerath on strengthening our close…
— Abdulla Khaleel (@abkhaleel) February 21, 2025
މި ދަތުރުފުޅު ނިންމަވާލައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ އާއި، ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާއާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި އުފާކުރައްވާ ކަމަށާއި، މި ދަތުރުފުޅުގެ ތެރެއިން ލަންކާގެ ޚާރިޖީ ވަޒީރާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުނު ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ދެ ޤައުމަށްވެސް މަންފާވާނެހެން، މިހާރުވެސް އޮތް އެކުވެރިކަމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ވަޒީރު ވަނީ އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފުދަށް ސްރީލަންކާއިން ދެއްވި މެހުމާންދާރީއަށް ޝުކުރު ދަންނަވައިފައެވެ.
މި ލިޔުން ކިޔާލުމުން