އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި އަލިފާން ރޯވެ އަނަދައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ހިތަދޫ "ގާލެންޑް" ނަމަކަށް ކިޔާ ގޭގައި ފަތިހު އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިގެން ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެގޭގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ މިއަދު ހެނދުނު 8:05 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
މި ޙާދިސާގައި އެގޭގައި ދިރިއުޅޭ އެއްވެސް މީހަކަށް ގެއްލުމެއް އަނިޔާއެއް ލިބިފައި ނުވެއެވެ.
އަލިފާން ރޯވި ގެއަކީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ދިރިއުޅުއްވާ ގެއެވެ. އެގޭގައި އަލިފާނުގެ ޙާދިސާ ހިންގިއިރު މުޙައްމަދު ރަޝީދު ހުންނެވީ މާލޭގައެވެ.
އޭނާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި ގެ އަނދާ ހުލިވެފައިވާ ކަމަށާއި އެއްވެސް އެއްޗެއް ސަލާމަތްވެފައި ނުވާކަމަށެވެ.
މި ލިޔުން ކިޔާލުމުން