ރޯދައަށް ގޭބިސީތަކަށް ބަހާ މަސްދަޅު ކޭސް މާލޭގައި ބަހަން ފެށުމުން ބޮޑު ކިއު ހަދައި އެތައް އިރެއް ވުމުގެ ސަބަބުން އިތު ތަންތަނުން މަސްދަޅު ބެހުމުގެ އިންތިޒާމް މާދަމާގެ ކުރިން ހަމަޖައްސާނެ ކަމަށް ސީޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މަސްދަޅު ބެހީ ރޭ 8:00 ޖެހިއިރު މިފްކޯ އޮފީސް ކޮމްޕައުންޑުގައާއި، ހެންވޭރު އެމްޓީސީސީ ސޯމިލުގައެވެ. އެދެ ތަނުގެ ކިއުގެވެސް ކޮޅު ނުފެއެވެ. އެހާވެސް މީހުން ކިއުގައި ގިނައެވެ. އެއާއި އެކު ސޯޝަލް މިޑިއާގައި އެކަމުގެ އިންތިޒާމުގެ ޝަކުވާކުރަމުން ދިޔައެވެ.
މީހުންގެ ޝަކުވާ އަށް އިޖާބަ ދިނުމުގެ ގޮތުން މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިރޭ 8:00 ޖެހިއިރު މަސްދަޅު ކޭސް ބަހަން ވަނީ ފަށައިފައެވެ. މަސްދަޅު ކޭސް މާލޭގައި ބަހަނީ މިފްކޯ އޮފީސް ކޮމްޕައުންޑުގައާއި، ހެންވޭރު އެމްޓީސީސީ ސޯމިލުގައެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެވި ޕޯސްޓެއްގައި ވިދާޅުވީ މިހެން ވިދާޅުވީ ރޭ މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި ޢާންމުން އެކަމަށް އިޖާބަ ދެއްވި މިންވަރަށް ބަލައި، ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސައި، ހޮނިހިރު ދުވަހުގެ ކުރިން ޢާންމު ކުރާނެ ކަމަށެވެ.
މިރޭ މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި ޢާންމުން އެކަމަށް އިޖާބަ ދެއްވި މިންވަރަށް ބަލައި، ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސައި، ހޮނިހިރު ދުވަހުގެ ކުރިން ޢާންމު ކުރާނަން.
މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށާއި ރައްޔިތުން…
— Adam Shareef Umar (@Adamshareefz) February 20, 2025
މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށާއި ރައްޔިތުން ދެއްވި އެއްބާރު ލެއްވުމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މާލޭގައި މަސްދަޅު ބެހުމަށް ނިންމާފައިވަނީ މިމަހުގެ 27 ގެ ނިޔަލަށެވެ.
މި ލިޔުން ކިޔާލުމުން