މާޒީއާއި މިއަދު އަދި މާދަމާވެސް، ދިވެހީންގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް ކަމަށް ރައިށުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލް އަޤްވާމީ މާދަރީ މަހުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
— Dr Mohamed Muizzu (@MMuizzu) February 20, 2025
އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވީ ދިވެހިރާއްޖެ، ދިވެހިވަންތަ، ދިވެހިދިދަ ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާއި ސިޔާދަތު ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއްވެސް ގުޅިފައިވަނީ "ދިވެހި"ބަހާ ކަމަށެވެ.
ކޮންމެ އަހަރެއްގެ ފެބުރުއަރީ 21 ފާހަގަކުރަނީ ބައިނަލް އަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތގައެވެ.
މި ލިޔުން ކިޔާލުމުން