ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމާ ގުޅިގެން އެ ޤައުމުގެ ރައީސް، ތަރްމަން ޝާންމުގަރަތުނާމަށާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މިގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖެއާއި ސިންގަޕޫރާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމްކުރެވުނުތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސަށާއި، ބޮޑުވަޒީރުގެ އިތުރުން ސަރުކާރަށާއި ރައްޔިތުންނަށް ސަލާމާތި ހެޔޮ ދުޢާ ފޮނުއްވާ ކަމަށެވެ.
As the Maldives and Singapore today mark 50 cordial years since the establishment of formal diplomatic relations, I wish to convey greetings and good wishes to President @Tharman_S, Prime Minister @LawrenceWongST, the Government and the friendly people of Singapore.
The past… pic.twitter.com/MwzRADU6Z3
— Dr Mohamed Muizzu (@MMuizzu) February 20, 2025
މީގެ އިތުރުން، ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ދެ ޤައުމުގެ ވިޔަފާރީގެ ގުޅުންތަކާއި، ރައްޔިތުންނާ ދެމެދު އޮންނަ ގުޅުންތަކާއި، ރަސްމީ ގުޅުންތައް އެތައް ގޮތަކުން ކުރިއަރާފައިވާ ކަމަށާއި، އޭގެ ސަބަބުން ދެ ޤައުމު އިތުރަށް ގާތްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި، މިގޮތުގައި ގުޅުން ކުރިއެރުވުމަށްޓަކައި ދެ ޤައުމުގެ އެއްބާރުލުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 20 ފެބުރުވަރީ 1975 ގައެވެ.
މި ލިޔުން ކިޔާލުމުން