އައްޑޫ ލިންކް ރޯޑުގައި ހެދިފައިވާ ވަޅުތަކަށް ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ ލިންކް ރޯޑްގެ ހާލަތަކީ މިވަގުތު އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ތަކުލީފަށްވުމާއެކު، އެ މައްސަލަ ހައްލުކުރުމަށްޓަކައި، ކައުންސިލުން އިސްނަގައިގެން ޕަބްލިކް ވޯރކްސްގެ އެހީތެރިކަމާއިއެކު ލިންކް ރޯޑްގައި ހެދިފައިވާ ވަޅުތަކަށް ތާރު އެޅުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.
އައްޑޫ ސިޓީ ލިންކް ރޯޑްގެ ހާލަތަކީ މިވަގުތު އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ތަކުލީފަށްވުމާއި އެކު މިމައްސަލަ ހައްލުކުރުމަށްޓަކައި، ކައުންސިލުން އިސްނަގައިގެން ޕަބްލިކް ވޯރކްސްގެ އެހީތެރިކަމާއިއެކު ލިންކް ރޯޑްގައި ހެދިފައިވާ ވަޅުތަކަށް ތާރު އެޅުމުގެ 1/2 pic.twitter.com/DUn6hT349k
— Addu City Council (@AdduCityCouncil) February 19, 2025
މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ މި މަސައްކަތް ކުރެވެމުންދަނީ މިވަގުތު ކައުންސިލުގައި ހުރި މަދު ވަސީލަތްތައް ބޭނުންކޮށްގެން ރަމަޟާން މަހަށް ނިންމާލެވޭގޮތަށް ރޭވިގެން ކަމަށެވެ.
2003 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ އައްޑޫ ލިންކް ރޯޑް ހަލާކުވެފައި އޮތުމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ލިންކް ރޯޑްގެ އެކި ހިސާބުތަކުގައި ވަޅުގަނޑުތައް ހެދި، މަގު ހަލާކުވެފައިވުމުގެ ސަބަބުން މީގެ ކުރިންވެސް ވަނީ ވަޅުގަނޑުތަކަށް ކޮންކްރީޓާއި ވެލި އަޅައިގެން މަރާމާތުކުރުމުގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް މިހާތަނަށްވެސް މި މައްސަލައަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ.
މި ލިޔުން ކިޔާލުމުން