މާލޭގެ ފަސް މާރުކޭޓެއް ބަލައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު އަތުލައިގެންފިއެވެެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ މާލޭގައި ހިންގަމުންދާ 5 ކުދި މާރުކޭޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ހުއްޓުމެއްނެތި ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ މާލޭގައި ހިންގަމުންދާ 5 ކުދި މާރުކޭޓެއް ވަނީ ބަލައި ފާސްކޮށްފައި. މި އޮޕަރޭޝަންގެ ތެރެއިން، ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 2 ބިދޭސީއެއް ވަނީ… pic.twitter.com/eYzNjWa1XO
— Maldives Immigration (@ImmigrationMV) February 19, 2025
އަދި މި އޮޕަރޭޝަންގެ ތެރެއިން، ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 2 ބިދޭސީއެއް ހައްޔަރުކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ވަނީ މިދިޔަ ހަފުތާގައިވެސް ހުޅުމާލޭގައި ހުންނަ 05 ސެލޫނަކާއި 01 ފަހާތަން ބަލައި ފާސްކޮށް، ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުފުޅާ އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ދާޚިލީ ވަޒީރު، ޢަލީ އިޙްސާން ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން