ކުޑަކުދިންނަށް ވެކްސިން ދިނުމާއި ފަސް އަހަރުން ދަށުގެ ކުދިންނަށް ހެދިބޮޑުވުމުން މޮނިޓަރ ކުރުމުގެ ޚިދުމަތް ސެނަހިޔާ ހޮސްޕިޓަލުން ދޭން ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް އެ ހޮސްޕިޓަލުގައި ފެށުމުގެ ގޮތުން ރޭ ވަނީ ރައްމިއްޔާތެއް ބާއްވާފައެވެ.
Child vaccination and growth monitoring services were officially inaugurated today in Senahiya Military Hospital by Deputy Minister Ahmed Hamdhan Nasir. This initiative aims to provide essential health and support for children's well-being and development. pic.twitter.com/PafW6bugLJ
— Health Protection Agency (@HPA_MV) February 17, 2025
މިއަދުން ފެށިގެން މި ޚިދުމަތް އެ ހޮސްޕިޓަލުން ދެމުންދާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން މެންދުރު 12 ޖެހުމާއި ހަމައަށް މި ޚިދުމަތް ލިބޭނެއެވެ.
މާލޭގައި ސެނެހިޔާގެ އިތުރުން މިހާރު ތުއްތު ކުދިންނަށް ވެކްސިން ދިނުމުގެ ޚިދުމަތް ދެމުންދަނީ އައިޖީއެމްއެޗް، އޭޑީކޭ އަދި ދަމަނަވެށިންނެވެ.
މި ތަންތަނަށް ވެކްސިން ފޯރުކޮށްދޭ ފަރާތަކީ ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެވެ.
01 ޖެނުއަރީ 2025 އިން ފެށިގެން އުފަންވާ ތުއްތު ކުދިންގެ ވެކްސިން ކާޑުގައި ހުންނަ މައުލޫމާތު ފެންނަން ހުންނާނެ ޕޯޓަލް އެއް މިނިސްޓްރީ އޮފް ހެލްތުން ވަނީ ލޯންޗްކޮށްފައެވެ. މޯލްޑިވްސް އިންޓެގްރޭޓެޑް ހެލްތު އިންފޮރމޭޝަން ސިސްޓަމް ( މިހިސް ) ގެ ނަމުގައި ލޯންޗްކޮށްފައިވާ މި ޕޯޓަލް އިން ޑިޖިޓަލް ވެކްސިނޭޝަން ކާރޑާއި، ހެދި ބޮޑުވުމުގެ ޗާރޓާއި ހެދިބޮޑުވަމުންދާ މިންވަރު ދެނެގަނެވޭނެ ހަރުފަތްތަކާއި ކުއްޖާއަށް ދޭ ވިޓަމިން އޭ އަދި ފަނިބޭހުގެ މައުލޫމާތު ބެލެނިވެރިންނަށް މި ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ. މީގެ އިތުރުން ހެދިބޮޑުވަމުންދާ މިންވަރު މޮނިޓަރކޮށް، ވެކްސިން ޖަހަންޖެހޭ ދުވަސް ކަރިވުމުން ބެލެނިވެރިންނަށް ހަނދާންކޮށްދިނުމަށް މި ސިސްޓަމް މެދުވެރިކޮށް ނޮޓިފިކޭޝަން ލިބިގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން