ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމާ ގުޅޭގޮތުން، ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީޑީ) އަލުން މަޝްވަރާތައް ފަށައިފިއެވެ.
މިކަމާއި ގުޅޭގޮތުން މިއަދު ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީޑީ) ގެ މެނޭޖިންގ ޑިރެކްޓަރ މަޢުރޫފް ޖަމީލާއެކު މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް މިއަދު ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
ސިޓީ ކައުންސިލުން ބުނީ މިއީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވޭ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން އެޗްޑީސީއާއެކު ބޭއްވުނު ހަތަރު ވަނަ ބައްދަލުވުން ކަމަށެވެ.
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމާ ގުޅޭގޮތުން، ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީޑީ) ގެ އެމްޑީ މަޢުރޫފް ޖަމީލާއެކު އަލުން މަޝްވަރާތައް ފަށައިފި. މިއަދު އޮތް މި ބައްދަލުވުމުގައި، މޭޔަރ އާދަމް ޢާޒިމް އާއި ޑެޕިއުޓީ މޭޔަރ އަޙުމަދު… pic.twitter.com/S78XmIRCSk
— Malé City Council (@MaleCitymv) February 16, 2025
މިއަދު އޮތް މި ބައްދަލުވުމުގައި، މޭޔަރ އާދަމް ޢާޒިމް އާއި ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޢަލީ އައިމަން ބައިވެރިވެ ވަޑައިގެންނެވި .
މާލެ ސިޓީގެ ހުރިހާ މުނިސިޕަލް ހިދުމަތެއް މާލެ ސިޓީ ކައުންސިލަށް ބަދަލު ކުރުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގައެވެ. ނަމަވެސް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލުން ފެށުމަށް، ވިޔަފާރި ބިންތައް ކައުންސިލަށް ދޫކުރަން ދަތި ކަމަށާއި އެގޮތަށް އެކަން ކޮށްފި ނަމަ ކުންފުންޏަށް ގެއްލުވާނެ ކަމަށް އެޗްޑީސީން ކުރިން ވަނީ ވިދާޅުވެފައެވެ.
ހުޅުމާލެ ބިމުގެ އިހްތިސާސް އަދި މިލްކުވެރިކަމާ ގުޅޭ ގޮތުން ހުޅުމާލެ މިހާރު ހިންގުމާ ހަވާލުވެފައިވާ އެޗްޑީސީ އާއި މާލެ ސިޓީ ކައުންސިލާ ދެމެދެ 2022 ވަނަ އަހަރު ހިޔާލު ތަފާތުވުންތަކެއް އުފެދި ބޮޑު ކޯޅުމަކަށް ދިޔަ އެވެ. އޭރު ވެސް ކައުންސިލްގެ ޖަލްސާތަކުގައި ވެސް ނިންމާފައި އޮތީ، ހުޅުމާލެއަކީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެއް ކަމަށާއި މުނިސިޕަލް ހިދުމަތް ދޭން ޖެހޭނީ ކައުންސިލުން ކަމަށެވެ.
މި ލިޔުން ކިޔާލުމުން