ހުރިހާ ރަށެއްގައި ގެސްޓު ހައުސް ހެދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭނެ ކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓރ މިހެން ވިދާޅުވީ މިރޭ އަހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގެސްޓް ހައުސް އެޅުމަށްޓަކައި ކައުންސިލުން ދޫކުރާ ބިންތަކުގައި، ކައުންސިލާއި ގުޅިގެން އެ ބިންތަށް ރަށުގެ ރައްޔިތުންނަށް ލިބޭނެގޮތް ހަމަޖައްސައިދެއްވާނެ ކަމަށާއި،
އަދި އަމިއްލަ ބޭފުޅެއްގެ ބިމެއްގައި ގެސްޓް ހައުސް ހަދާ ނަމަ، ހުރަހެއް ނެތި ހެދޭނެ ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވިގޮތުގައި އަތޮޅުތެރޭގެ ރަށްރަށުގައި ލޯކަލް ޓޫރިޒަމް އާލާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމެކެވެ.
މި ލިޔުން ކިޔާލުމުން