ހުޅުލެ އައިލެންޑް ހޮޓަލާ ދިމާލު، ހުޅުލެ ފަޅުތެރެއަށް ކަޅުތެޔޮ އެޅިފައި ހުރުމުން، އެ ސާފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ބުނީ މިކަމުގެ މަޢުލޫމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 15:20 ހާއިރު ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ވަނީ އެ ސަރަހައްދަށް ގޮސް ފަޅުތެރެއަށް އެޅިފައިވާ ތެޔޮތައް ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ހުޅުލެ އައިލެންޑް ހޮޓަލާ ދިމާލު، ހުޅުލެ ފަޅުތެރެއަށް ކަޅުތެޔޮ އެޅިގެން ސާފުކުރުމަށް، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުން.https://t.co/HWmlQh4w3m pic.twitter.com/uL3omqcYuc
— Maldives National Defence Force (@MNDF_Official) February 15, 2025
މި ހާދިސާ ހިނގަން މެދުވެރިިވި ސަބަބެއް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
މި ލިޔުން ކިޔާލުމުން