މާލޭގެ މަގުތަކުން ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި 235 އުޅަނދެއް ޓޯވ ކޮށްފިއެވެ.
ފުލުހުންގެ ބުނި ގޮތުގައި، މި މަސައްކަތުގެ ދަށުން ޖުމްލަ 235 އުޅަނދު ޓޯވ ކުރެވުނެވެ. މީގެ ތެރޭގައި 201 މޮޓޯސައިކަލާއި، 31 ކާރު/ޕިކަޕް ފަދަ އުޅަނދާއި، އަދި 3 ބައިސްކަލް ހިމެނެއެވެ.
މަގުމަތީގައި ދަތުރުކުރާ ފަރާތްތަކަށް ދަތިވާ ގޮތަށް ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކާއި، ދިގު މުއްދަތަކަށް ދޫކޮށްލާފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ވަނީ މީގެ ކުރިންވެސް ކޮށްފައެވެ.
މި ލިޔުން ކިޔާލުމުން