ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފަޅު ގޯއްޗެއްގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް މިއަދު 11:34 ހާއިރު ލިބުމާއެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ. އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 11:40 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ފޭސް 1 ގެ ލޮޓް ނަންބަރު 10063 އާއި ލޮޓް ނަންބަރު 10064 ދެމެދަށް ވާގޮތަށް އެ ސަރަހައްދުގައި ހުރި ލަކުޑި ފަދަ ކުނިތަކެއްގައި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި ލިޔުން ކިޔާލުމުން