އެޗްޑީސީގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހްމަދު ޔާމީން މަގާމުން ވަކިކޮށްފި އެވެ.
އެޗްޑީސީން މިހާތަނަށް ފާއިދާއި ޔާމީން މަގާމުން ދުރުކުރި ސަބަބު އާންމުކޮށްފައެއް ނުވެއެވެ.
"ބިންވެރިޔާ" ސްކީމްގެ ދަށުން ގަވާއިދާ ޚިލާފަށް ގޯތި ދޫކުރިކަމުގެ ތުހުމަތުގައި 15 މުވައްޒަފުން ވަޒީފާއިން ވަކިކުރި ނަމަވެސް، ފަހުން އެ މުވައްޒަފުންގެ ވަޒީފާ އަނބުރާ ދީފައިވެއެވެ. އެހެންނަމަވެސް ފާއިދާއާއި ޔާމީން މަގާމުން ވަކިކުރެވެންދެންވެސް ތިބީ ވަޒީފާއިން ސަސްޕެންޑް ކުރެވިފައެވެ.
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދަށް "ބިންވެރިޔާ" ސްކީމްގެ ދަށުން ގަވާއިދާ ޚިލާފަށް ހުޅުމާލެއިން ގޯއްޗެއް ދިން މައްސަލަ ހާމަވުމާ ގުޅިގެން، އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނާއި އޭސީސީން ވަނީ ތަހުގީގު ކުރަން ފަށައިފައެވެ.
މި ލިޔުން ކިޔާލުމުން