އަންނަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބީއެމްއެލުން ބައެއް މިސްކިތްތަކުގައި ކުލަ ލައިދީފިއެވެ.
މިގޮތުން މިއަދު ހެނދުނު މާލޭގެ ތާރީޚީ 5 މިސްކިތެއްގެ ވަށާފާރު ކުލަލުމުގެ މަސައްކަތް ބީއެމްއެލް އިން ވަނީ ކޮށްފައެވެ.
މި މަސައްކަތަކީ ކުރިއަށް އޮތް ރަމަޟާން މަހަށް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ ތައްޔާރީތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިސްލާމިކުން ކުރި މަސައްކަތެކެވެ. މި މަސައްކަތުގައި ބީއެމްއެލް އިސްލާމިކްގެ އެކި ޓީމުތަކުން ބައިވެރިވިއެވެ.
ކުލާލީ މިސްކިތްތަކުގެ ތެރޭގައި، މާލޭ ހުކުރު މިސްކިތް، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، މަސްޖިތުލް ސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)، މަސްޖިދުލް ސުލްތާނުލް ޢާދިލް ހިމެނެއެވެ.

100 އެއްހާ މުވައްޒަފުން ބައިވެރިވެގެން މި ހަރަކާތް ކުރިއަށް ގެންދިޔައިރު، ބީއެމްއެލްއިން ބުނީ، ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ދޭތެރެ ދޭތެރެއިން އެފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން