ރަމަޟާން މަހަށް ތައްޔާރުވުމަކީ އިސްރާފުކުރުން އޮތްކަމެއް ނޫން ކަމުގައި މިއަދުގެ ހުކުތު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ޚުޠުބާގެ މައުޟޫޢަކީ "ޝަޢުބާން މަހުގައި ހެޔޮ ޢަމަލުކުރުން" އެވެ.
މިއަދު ޚުޠުބާގައި ވިދާޅުވީ ޝަޢުބާން މަހަކީ އެތައް ގޮތަކުން ޚާއްޞަ މަހެއް ކަމަށާއި، އެއީ ރަމަޟާން މަހަށް މަރުޙަބާ ކިޔަން ތައްޔާރުވަމުން އަންނަ މައްސަރަކަށް ވީތީ އާއި، ޝަޢުބާން މަހު އަޅުކަމުގައި ހީވާގިވުމަކީ ރަމަޟާން މަހު އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނެއް ކަމުގައި ވާތީ ކަމަށެވެ.
މީގެ އިތުރުން، ވޭތުވެދިޔަ އަހަރުގެ ފަރުޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާ ނަމަ، އެ ރޯދަ އަވަހަށް ޤަޟާ ކުރުމަށާއި، ހީވާގިކަމާއެކު ރަމަޟާން މަހަށް އިސްތިޤުބާލުކުރަން ތައްޔާރުވުމަށާއި، ރަމަޟާން މަހުގެ އަޅުކަމަށް ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރޭވުމަށްވެސް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
އަދި ރަމަޟާން މަހަށް ތައްޔާރުވުމަކީ އިސްރާފުކުރުން އޮތްކަމެއް ނޫން ކަމަށާއި، ފިޠުރު ޒަކާތް ދެއްކުމަށް ނިޔަތް ގަނެ، ރަމަޟާން މަސް ނިމުމުގެ ކުރިން އެ ޒަކާތް ދެއްކުމަށާއި، ދީލަތިކަން އިތުރުކުރުމަށާއި، އޯގާތެރި މަޑުމައިތިރި މީހަކަށް ވުމަށާއި، ޒުވާބުކުރުމާއި ހަޑިހުތުރު ބަސްތަކާ ދުރުހެލިވެ، ކެތްތެރިވުމަށާއި ދޮގުހެދުމާއި ފުރައްސާރަކުރުމާ ދުރުހެލިވުމުގެ އިތުރުން ފުރިހަމަ ގޮތުގައި ރޯދަ ހިފުމަށް ތައްޔާރުވުމުގައި ގުވަންތައް އަދާކުރަންޖެހޭ ދައުރެއް ވާކަން ދަނެ، އެ ގުނަވަންތައް ކުށްތަކާ ދުރުހެލިކުރުމަށްވެސް މިއަދުގެ ޚުޠުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
މީގެ އިތުރުން، ޝަޢުބާން މަހުގެ 15 ވިލޭރޭގެ މާތްކަމާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތަކަކީ ޞައްޙަ ނޫން ޙަދީޘްތަކަކަށް ވާތީ، އިތުބާރު ހުރި ބޮޑެތި ޢިލްމުވެރިން ޤަބޫލު ކުރައްވައި ރައްދުކުރައްވާފައިވާ ޙަދީޘްތަކެއް ކަމުގައިވެސް މިއަދުގެ ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން