ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ ޕްރޮޖެކްޓް، ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ ބޮޑު މަޝްރޫއަށް ހުއްދަ ދީފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އަވިން 100 މެގަވޮޓުގެ ކަރަންޓު އުފައްދައި ނޭޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށް މާލެ އަތޮޅުގެ ފަޅެއްގައި ޕްލޯޓިން ސޯލާ ޕްރޮޖެކްޓެއް ހިންގުމަށް މި ހުއްދަ ދޫކޮށްފައިވަނީ ކެނެޑާގެ އެބްރަކްސަސް ޕަވަރ ކޯޕަރޭޝަން ކުންފުންޏަށް ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި އަހަރުގެ އޭޕްރިލް މަހުގެ ކުރިން މި ޕްރޮޖެކްޓް މޮބިލައިޒްކޮށް، 2027 އަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. އޭރުން ތެލަށް އަހަރަކު ކުރާ ހަރަދުން އަހަރަކު 42 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންދާޒާ ކޮށްފައެވެ.
The Board of Investments (BOI) issued the first development permit under the SEZ Act for a large-scale floating solar project in the Maldives. This supports President Dr. Muizzu’s vision for a greener nation and contributes significantly to his goal of sourcing 33% of the… pic.twitter.com/wVltbSwd8V
— Ministry of Economic Development and Trade (@MoEDmv) February 13, 2025
އިޔާދަކުރަނިވި ހަކަތައިގެ ކޮމްޕޯނެންޓަށް ކުރާ 100 މިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓަކާ އެކު، މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓަކީ 187 މިލިއަން ޑޮލަރު ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ޕްރޮޖެކްޓުން ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކޮށް އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮޖެކްޓް ސޯލާ ސިޓީ ތަރައްގީކުރުމަށް މަގު ފަހިވެގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މި ލިޔުން ކިޔާލުމުން