އަމީނީމަގުގެ މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ ތާރުގަނޑަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ނިންމާލައިފިއެވެ.
އަމީނީމަގު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ތާރު އަޅާފައިވާ ހިސާބަށް ގެއްލުންވެފައި ވުމުގެ ސަބަބުން އެ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތަށް އެ ސަރަހައްދު ބަންދުކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ކަމަށްވާއިރު، އެ މަސައްކަތް ނިމުމާއެކު މިހާރު އެ ސަރަހައްދު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ނަމަވެސް މި މަސައްކަތް ނިމުނުއިރު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އަޅާފައިވާ ތާރުގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
މިގޮތަށް ތާރުގަނޑު ހަލާކުވަނީ ތާރު އެޅުމަށްފަހު ރަނގަޅަށް ނުހިކެނީސް އުޅަނދުތައް ދުއްވަން ފަށާތީ ކަމަށް ފަންނީ މާހިރުން ބުނެއެވެ.
މަރާމާތަށްފަހު މި ފަހަރު މަގު ހުޅުވާލީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިންސްޕެކްޓްރކުރުމަށްފަހު، ތާރުގަނޑު ހިކުމަށް ބޭނުންވާ ވަގުތުވެސް ދިނުމަށްފަހުއެވެ.
މި ލިޔުން ކިޔާލުމުން