ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޢާއިލާ އާއި ޙަވާލުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ފޮސްޓަރިންގ އަަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ މިހާތަނަށް ކޮންމެ ކުއްޖަކަށް އާއިލެއް މި ޕްރޮގްރާމްގެ މިހާތަނަށް 67 ކުއްޖަކު އާއިލާއާއި ޙަވާލުކޮށްފައިވާ ކަަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ އަމިއްލަ އާއިލާ، އާއިލާގެ ތިމާގެ މީހެއް އަދި ފޮސްޓަރ ނުވަތަ ކުއްޖާގެ ގާނޫނީ ބެލެނިވެރިންގެ ގޮތުގައި ހަވާލު ކުރެވިފައިވާ ކުދިންނެވެ.
މިނިސްޓަރ ވިދާޅުވީ މިހާރުވެސް ފޯސްޓަރިން ނުވަތަ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަމަށް އެދި މިހާރުވެސް 35 ރިކްއެސްޓް ލިބިފައިވާ ކަމަށެވެ.
މިނިސްޓަރ ވަނީ މި މަސައްކަތުން ދައުލަތުގައިި ތިބޭ ކުދިންނަށް އުފާވެރި އާއިލާއެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭކަން ފާހަގަކޮށްފައެވެ. އަދި މުޖުތަމަޢުން މިކަން ބަލައިގެނެފައިވާ ކަމަށާއި ދައުލަތަށް މިހާރު ނެގޭ ކުދިންގެ އަދަދު ދަށްވަމުން އަންނަ ކަމަށެވެ.
އެގޮތުން 2022 ވަނަ އަހަރާއި އަޅާ ބަލާއިރު 2024 ވަނަ އަހަރު ދައުލަތަށް ނެގޭ ކުދިންގެ އަދަދު 23 އިން ސައްތަ ދަށްވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން