އިމިގްރޭޝަން ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅުނު ބިދޭސީއަކު އިއްޔެ ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ ހުޅުމާލޭގައި ހުންނަ05 ސެލޫނަކާއި 01 ފަހާތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ގަވާއިދާހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ދެމެހެއްޓެނިވި ގޮތެއްގައި
ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ ވަނީ ހުޅުމާލޭގައި ހުންނަ05 ސެލޫނަކާއި 01 ފަހާތަން ބަލައި ފާސްކޮށްފައި. މީގެތެރެއިން ފަހާތަނުގައި ހުރީ
ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ… pic.twitter.com/IwAKeZCVni— Maldives Immigration (@ImmigrationMV) February 13, 2025
މީގެތެރެއިން ފަހާތަނުގައި ހުރީ ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ މީހެއް ކަމުން، އެ މީހާ ވަނީ މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ވަނީ އަންގާރަ ދުވަހުވެސް ހުޅުމާލޭގައި ހުރި ސެލޫން، ފަހާތަންތަން އަދި ކެފޭ ހިމެނޭ ގޮތަށް ފަސް ތަނެއް ބަލައި ފާސްކޮށް، ވިސާއެއް ނެތި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު އަތުލައިގެންފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުފުޅާ އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ދާޚިލީ ވަޒީރު، ޢަލީ އިޙްސާން ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން