ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ރޯދަ މަހުގެ އިނާޔަތް ފިޔަވައި އިތުރު ހަދިޔާ ރޯދައާ ގުޅުވައިގެން ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ނުދިނުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.
ޕިސީބީން މިއަދު ވަނީ ރަމަޟާން މަހުގެ އިނޔަތުގެ ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ސަރކިއުލާރ އަކާއި ސަރުކާރު ހިއްސާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމާގުޅޭ ގޮތުން ސަރކިއުލަރ އެއް ނެރެފައެވެ.
ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ސަރކިއުލާރ ގައި ވަނީ ރޯދަ މަހާ ގުޅިގެން އިތުރު ހަދިޔާތައް މުވައްޒަފުންނަށް ދިނުން މަނާކޮށްފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރަމަޟާން އެލަވަންސް ދިނުމާއިގުޅޭ ސާކިއުލަރ pic.twitter.com/s8iS1QVJWh
— Privatization & Corporatization Board (@pcb_gov) February 12, 2025
ސާކިއުލާގައި ބުނީ، ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވް (ސްކޮލާޝިޕް މުވައްޒަފުން) އަދި ނޯ ޕޭ ލީވްފައި ތިބޭ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ހަމަޖައްސައިދީގެން ނުވާނެ ކަމަށާއި ނަމަވެސް އެފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އެނބުރި ހިދުމަތަށް ނުކުމެއްޖެ ނަމަ، އެ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ ވަރު ބަލައި އެ އަދަދަށް އިނާޔަތް ދޭން ޖެހޭނެ ކަމަށެވެ.
ސާކިއުލާގައި އިތުރަށް ބުނީ، ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންނަށް ކުންފުނީގެ ފަރާތުން ރޯދަ އެލަވަންސް ދޭން ނުޖެހޭ ކަމަށެވެ.
ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ސަރުކާރު މުވައްޒަފުންނަށް މި މަހުގެ 20ގެ ކުރިން 3،000 ރުފިޔާ ދިނުމަށް ޕީސީބީން ވަނީ އަންގާފައެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ކުންފުނި ތާކުގެ މުއްޒަފުން kuraa މަސަކަތުން ސަރުކުރަ ފައިދާ ވަނީ. އެކަމަކު މުޒަފުން ދޯކާ.
މި ލިޔުން ކިޔާލުމުން