އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބެއް ޢައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އޯއައިސީގެ ރާއްޖޭގެ ދާއިމީ މަންދޫބަކަށް ޢައްޔަންކުރެއްވުމަށް ރައީސް ހުށަހެޅުއްވީ ރާއްޖެއިން މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ހުށަހަޅުއްވާފައި ހުންނަވާ ސަފީރު، މ. ވެސްޓްސައިޑް، އަޙްމަދު ސަރީރުގެ ނަންފުޅެވެ.
މިގޮތުން ރައީސް ފޮނުއްވި ސިޓީގައި ވަނީ އެ މަޤާމަށް ސަރީރު ހަމަޖެއްސެވުމާމެދު މަޖިލީހުގެ މަޝްވަރާ ހޯއްދަވައިދެއްވައި، މަޖިލީހުން ނިންމަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މި މައްސަލަ ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.
ރައީސް ވަނީ ރާއްޖެއިން މިޞްރަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑަންޓް ސަފީރުގެ މަޤާމަށާއި، ކުވޭތުގެ ނޮން-ރެސިޑަންޓް ސަފީރުގެ މަޤާމަށްވެސް ސަރީރު ހަމަޖެއްސެވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހަޅުއްވައިފައެވެ.
ސަރީރަކީ ފޮރިން ސެކްރެޓަރީގެ މަޤާމާއި، ރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނަންޓް ރެޕްރެޒެންޓެޓިވްގެ މަޤާމުގެ އިތުރުން ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
މި ލިޔުން ކިޔާލުމުން