ބޮޑެތި ޑިސްކައުންޓްތަކަކާއެކު މެލޭޝިއާއިން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތަކެއް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނީ މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން، އެޑިޔުކޭޝަން މެލޭޝިއާ ގްލޯބަލް ސާރވިސަސް އާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއާ ދެމެދު 2024 ސެޕްޓެންބަރު 10 ގައި ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން މެލޭޝިއާގެ ގިނަ ޔުނިވަރސިޓީތަކަކުން ހިންގާ، ވަރަށް ގިނަ ޕްރޮގްރާމްތަކެއް ކޯސްފީ އިން އެކިއެކި އިންސައްތައިގެ ޑިސްކައުންޓް ދިވެހި ދަރިވަރުންނަށް ލިބޭނެ ފުރުޞަތު ހަމަޖެހިފައިވާ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހި ދަރިވަރުންނަށް ހެޔޮއަގުގައި މެލޭޝިޔާ އިން މަތީ ތަޢުލީމު ހާޞިލުކުރުމުގެ 556 ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އީއެމްޖީއެސް ޑިސްކައުންޓް ސްކީމްގެ ދަށުން، ދިވެހި ދަރިވަރުންނަށް ތަފާތު އެކި ކޯސްތަކުން %5 އާއި %100ގެ ޑިސްކައުންޓެއް ލިބިގެންދާއިރު، މި ސްކީމްގައި، ފައުންޑޭޝަން ލެވެލް އިން ފެށިގެން ޕީއެޗްޑީއާއި ހަމައަށް މެލޭޝިޔާގެ 14 ޔުނިވާސިޓީއެއްގައި ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
އެ ވުޒާރާއިން ބުނީ ކޯސް ފީގެ ޑިސްކައުންޓް ހޯދުމަށް މިނިސްޓްރީން ދޫކުރާ އެންޑޯޒްމަންޓް ލެޓަރ އެއް ބޭނުންވާނެ ކަމަށާއި، އެކަމަށް އެދި އެ ވުޒާރާއަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ޑިސްކައުންޓް ސްކީމްގައި ބައިވެރިވުމަށް ބޭނުންވާ "އެންޑޯޒްމަންޓް ލެޓަރ" ހޯދުމަށް އެ ވުޒާރާއަށް ހުށަހަޅާނީ މައި-އެޑިޔު ޕޯޓަލް މެދުވެރިކޮށެވެ.
މި ލިޔުން ކިޔާލުމުން