ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓް ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، މިއަދު މެންދުރު ފަހު 15:50 ހާއިރު ވިނަރެސް ފްލެޓް ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓްވި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވި ނަމަވެސް، ފަރުވާ ދިނުމަށް އެތަނުން އެކަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ އެކްސިޑެންޓްވި ދެ މީހުންނަކީވެސް ލައިސަންސް އޮންނަ ދެ މީހުން ކަަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން