ހއ.އުލިގަމު ކައުންސިލުން ސަރުކާރުން ފޮނުވި ކަދުރު ބެހުމަށް ފުރަތަމަ ކުރި އިއުލާނަށް ރައްޔިތުންގެ ފަރާތުން މާބޮޑު ތަރުހީބެއް ނުލިބުމުން، އަނެއްކާވެސް ކަދުރު ބެހުމަށް މުއްދަތު އިތުރުކޮށް ކައުންސިލުން އިއުލާނުކޮށްފިއެވެ.
އުލިގަމަށް ބެހުމަށް ސަރުކާރުން ފޮނުވީ 18 ޕަކެޓް ކަދުރެވެ. ކަދުރު ބެހުމަށް ފުރަތަމަ ކުރި އިއުލާނަށްފަހު، އަދިވެސް 13 ޕަކެޓް ކަދުރު އެބައޮތްކަމަށް ކައުންސިލުން ބުނެފައިވެއެވެ.
އުލިގަމް ކައުންސިލުން ބުނީ ކަދުރު ބޭނުންވާ ފަރާތްތަކުން މާދަމައިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އަކުން މެންދުރުފަހު 2 ޖެހުމާ ދެމެދު އައިޑީކާޑާއެކު ކަރަންޓް މީޓަރު ނަމްބަރު ކަށަވަރުވާފަދަ ލިޔުމެއް ހިފައިގެން އައުމަށެވެ.
އަދި ކަދުރު ދޫކުރެވޭނީ އިސްލާމިކް މިނިސްޓްރީން އަންގާފައިވާގޮތަށް މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރުބަލާ ހާޒިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއްގެ މަގުން 13 ޕަކެޓް ކަދުރު ހުސްވަންދެން ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން