ވަޔާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މެޓުން ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު 15:00 އިން ފެށިގެން މިރޭ 20:00 އާއި ދެމެދުގެ ވަގުތަށެވެ.
މެޓުން ބުނެފައިވަނީ މިގަޑިތަކުގައި، މި ސަރަހައްދުތަކަށް، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަަމަށެވެ.
މިއަދު މޫސުން ކުރިއަށް ލަފާކޮށް މެޓް އިން ބުނީ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި، އެހެން ހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން