ކ. ގުޅީގައި ކުނި އުކާލުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ގުޅީ ގައި އިއްޔެ ބޭއްވީ ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފަށްޓަވައިދެއްވީ ފަތުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އެވެ.
ގުޅީގައި ވެމްކޯގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކ. އަތޮޅު ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނަށްވެ ވަޑައިގެންފައިވާ ވައުދެކެވެ.
Minister @Thoriqibrahim participated in the ‘Fattamaa Aailee Haveeru’ event at K.Gulhi, organized by WAMCO to celebrate the launch of @WAMCOmv operations on the island. pic.twitter.com/BgJq1F1BsW
— Ministry of Tourism and Environment (@MoTmv) February 8, 2025
ކ. ގުޅީގައި ވެމްކޯގެ ޚިދުމަތް ފެށުމުގެ ގޮތުން "ފައްޓަމާ އާޢިލީ ހަވީރު" ގެ ނަމުގައި ވެމްކޯއިން އިއްޔެ ވަނީ ޚާއްޞަ ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފައެވެ.
މާލެ އާއި އަތޮޅުތަކުގައި ވެމްކޯގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު ވެމްކޯގެ ޚިދުމަތް އިތުރު އަތޮޅުތަކަށް ވަނީ ތަޢާރަފްކޮށްފައެވެ. މިޚިދުމަތް އަތޮޅުތަކާއި މާލޭގައި ދެމުންދަނީ އެއް އަގެއްގައެވެ.
މި ލިޔުން ކިޔާލުމުން