ގއ. ވިލިނގިލީގައި މާބަނޑު އަންހެނެކާއި އޭނާގެ ދަރިފުޅު ނިޔާވި މައްސަލައިގައި އެރަށުގައި އިހުތިޖާޖު ކޮށްފިއެވެ.
މި އިހުތިޖާޖުގެ ބައިވެރިން ކަޅު ހެދުމުގައި ތިބިއިރު، އިހުތިޖާޖު ފަށާފައިވަނީ ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލް ކައިރިންނެވެ. އިހުތިޖާޖުގެ ބައިވެރިން ވަނީ ނިޔާވި ދެމައިންގެ މަރުގެ ތަހުގީގު އަވަސްކޮށް، އިންސާފު ހޯދައިދޭން ގޮވާލާފަ އެވެ.
އިހުތިޖާޖުގެ ބައިވެރިން އަތުގައި އެކި ޝުއޫރުތައް ލިޔެފައިވާ ބެނާތަކާއި ޕޯސްޓަރުތަށް ހުރިއިރު، އެމީހުން ދިޔައީ އެ ރަށުގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ގޮވާލަމުންނެވެ.

ނިޔާވެފައި ވަނީ ގއ. ވިލިނގިލި ޝިއުނާ ތައުފީގް އެވެ.
ބަނޑަށް އަށް މަހުގައި ޝިއުނާ ތައުފީގު ސިޒޭރިއަން ހެދީ އޭނާގެ ހާލު ސީރިއަސްވަމުން ދިއުމުންނެވެ. އޭނާ ނިޔާވީ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ބޯޓަށް އަރުވަން ކޫއްޑޫ އެއާޕޯޓުގެ ރަންވޭއާ ހިސާބަށް ގެންދިޔަ ފަހުންނެވެ.
ތުއްތު ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުންނެވެ.
މި ލިޔުން ކިޔާލުމުން
2 ކޮމެންޓު
ހޮސްޕިޓަލުގެ ޒިންމާދާރު އިސްވެރިޔާ މަސައްކަތެެއް ނެތި އެކަހެރިކޮށްފައި ހުންނަތާ 8 މަސް. މިކަން ނިމުމަކަށް ގެންނަން ގޮވާލަން. ސިޔާސީ މެނޭޖަރަކަށް ހޮސްޕިޓަލުގެ މެޑިކަލް ބައި ހިންގާކަށް ނުޖެހޭނެ.
މި ލިޔުން ކިޔާލުމުން
ސިވިލް ސާރވިސް ކޮމިޝަނުން ނުބަލާ އިދާރާތަކުން ޒިންމާ އަދާ ކުރާ މިންވަރެއް. އެމީހުންގެ ޒިންމާ އަދާ ނުކުރާހާ ހިނދަކު މިނިސްޓްރީ އޮފް ހެލްތުގެ ސިވިލް ސާރވަންޓުން ޒިންމާ އަދާ ކުރާނެ ތޯ؟
މި ލިޔުން ކިޔާލުމުން