ދެ ރަށެއްގެ ކައުންސިލު އަދި 10 ރަށެއްގެ އަންހެނުންގެ ތަރައްޤީ ކުރިއަރުއަރުވާ ކޮމިޓީ (ޑަބްލިޔުޑީސީ) ބައި-އިލެކްޝަން ވޯޓުލުމުގައި ހަތަރެއް ޖެހުމާއި ހަމައަށް ހަހާހަށް ވުރެ ގިނަ މީހުން ވޯޓު ލައިފި ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން ބުނިގޮތުގައި ބައި-އިލެކްޝަންތަކުގައި މިއަދު 4:00 އާ ހަމައަށް ވޯޓުލާފައިވަނީ 3292 އަންހެނުންނާއި 2983 ފިރިހެނުންނެވެ.
އެއީ ޖުމްލަ 6276 މީހުންނެވެ. ވޯޓު ނުލާ 5050 މީހުން ތިބިއިރު، މިއީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ %44.59 އެވެ
މިއަދުގެ އިންތިހާބުގައި 12 ދާއިރާއެއްގެ ވޯޓުލުން ކުރިއަށްދިޔައެވެ. މީގެ ތެރޭގައި ދެ ރަަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި، 10 ރަަަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރަަ ކޮމެޓީތަކުގެ ބައި-އިލެކްޝަން ހިމެނެއެވެ.
ކައުންސިލްތަކުގެ ބައި-އިލެކްޝަނަށް ބަލާއިރު، ހދ. މަކުނުދޫ ކައުންސިލްގެ މެންބަރަކާއި، ނ. ލަންދޫ ކައުންސިލް އަންހެން މެންބަރަކު އިންތިހާބު ކުރަން ބާއްވާ ބައި-އިލެކްޝަން ކުރިއަށް ދިޔައެވެ.
އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ބައި-އިލެކްޝަންސްތަކަށް ބަލާއިރު، ނ. ލަންދޫ، ހދ. ހިރިމަރަދޫ، ނ. މިލަދޫ، އދ. ހަންޏާމީދޫ، ބ. ގޮއިދޫ، ލ. ގަން، ނ. ފޮއްދޫ، ރ. އިންނަމާދޫ، ދ. ހުޅުދެލި، ކަނޑުހުޅުދޫ އަދި ތ. ބުރުނި ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން