މި ޒަމާނަށް ފެތޭ އައިޑީ ކާޑެއް ތަޢާރަފުކުރައްވަން ނިންމަވާފައިވާ ކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ރޭ ޕީއެސްއެމް އިން ގެނެސްސިން ރިޔާސީ ބަޔާން 2025 ފޯރަމްގައި ވާހަކަފުޅު ދައްކވަމުން މިނިސްޓަރ އިހްސާން ވިދާޅުވީ މި ޒާމާނަށް ފެތޭ ޑިޖިޓަލް އައިޑީ ކާރޑެއް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެ މަސައްކަތް ކުރާނީ އިންޓަނޭޝަނަލް ފެންވަރުގައި ޤައިމްކުރާ އައިޑީ ކާރޑެއްގެ ގޮތުގައި ކަމަށެވެ.
އެހެން ހެދުމުން އެމީހާއަށް އެއްވެސް ޚިދުމަތްދޭ ތަނަކުން އައިޑީ ކާޑަށް އެކްސެސް ވެއްޖެނަމަ އެކަން އެނގޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެހެން ކަމުން ކުރިއަށް އޮތް ތަނުގައި އެހެން އެއްވެސް އިދާރާއަކުން އެކަން ކުރާނީ އައިޑީ ކާޑްގެ ވެރިފަރާތުގެ ރުހުން ލިބިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެއްވެސް އެޖެންސީއަކުން ނުވަތަ ޕްރައިވެޓް ސެކްޓަރ ގެ ފަރާތުން އެމީހެއްގެ ކޮންސެންޓް އެކަމުގައި ބޭނުންވާނެ. އެކޮންސެންޓާއި އެކު އިދާރާއަކުން އެކަން ކުރާނީ" އަލީ އިހްސާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކޮންސެންޓް ދިނުމަށް ފަހު ވެސް އައިޑީ ކާރޑުގެ މައުލޫމާތު ހޯދީ ކާކުކަން ނުވަތަނ ކޮންކަމަކާއި ގުޅިގެންކަންވެސް ބެލޭނެކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިހާރުވެސް އީ ފާސްމެދުވެރިކޮށް އައިޑީ ކާރގެ އަދި ބައެއް އެހެން މައުލޫމާތު ފެނެއެވެ.
ޑިޖިޓަލް އައިޑީ ކާރޑެއް ތަޢާރަފުކުރާނެކަން މިނިސްޓަރ ވިދާޅުވެފައިވާ އިރު، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އާއްމުންގެ އައިޑީ ކާރަޑަށް އެކްސެސްވެ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ވައްދާފައިވާ ކަމަށް ހޯމް މިނިސްޓްރީ އަށް ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން